English Edition
Dhivehi Edition
05 އޭޕްރީލް 2020 ވަނަ ދުވަހު ލަންކާގައި އުޅޭ ދިވެހި ޢާއިލާތަކަށް ފޮނުވި ކެއަރ ޕެކޭޖްތައް މޯލްޑިވިއަންގެ ފްލައިޓަށް އަރުވަނީ - ފޮޓޯ: މޯލްޑިވިއަން

ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ކުރިއެކޭ ވެސް އެއްގޮތަށް އޮން އެރައިވަލް ވިސާ ލިބުމުގައި އެއްވެސް ދައްޗެއް ނޯންނާނެކަމަށް ފޮރިން މިނިސްޓްރީން އިން ބުނެފިއެވެ.

ސްރީލަންކާއިން އެ ގައުމުގެ ޓޫރިސްޓް ވިސާގެ އިންތިޒާމުތަކަށް ބައެއް ބަދަލުތައް ގެނެސް، އެކަން އާންމުކުރުމާއި ގުޅިގެން ފޮރިން މިނިސްޓްރީ ބުނީ ލަންކާގައި އަލަށް ބޭނުންކުރަން ފަށާ އީ-ވިސާ ސިސްޓަމެއް ގާއިމްކޮށް ހިދުމަތް ފަށާފައިވާތީ، އެ ގައުމުގެ ކަމާ ގުޅޭ އިދަރާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

“މީގެ އިތުރުން ލަންކާގައި މި ވަގުތު ތިބި ދިވެހީންގެ ތެރެއިން ވިސާގެ މުއްދަތު އިތުރުކުރަން ޖެހިފައިވާ ދިވެހީން، ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ހާޒިރުވުމުން އެ ކަން ކޮށްދޭނެ,” – ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީން ބުނީ މިހާރުވެސް ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް. އަދި 30 ދުވަހަށް ވުރެ ގިނަ ދުވަހު ސްރީލަންކާގައި ތިބެން ބޭނުންވާ 6 މަސްދުވަހުގެ ވިސާއަށް ހުށައެޅޭނެކަމަށެވެ.

ނަމަވެސް ވިސާގެ މުއްދަތު އިތުރުކުރާނަމަ އެޑްމިނިސްޓްރޭޓިވް ފީއެއް މިހާރު ނަގާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އެ ފީ އުނިކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.