English Edition
Dhivehi Edition

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ޗައިނާގެ ރައީސް ޝީ ޖިންގް ޕިންގްއާ ބައްދަލުކުރައްވައިފި އެވެ.

މި ދެބޭފުޅުންގެ ބައްދަލުވުން އޮތީ ޗައިނާގެ ވެރިރަށް ބެއިޖިންގްގައި ކުރިއަށް ދިޔަ “ފައިވް ޕްރިންސިޕަލްސް އޮފް ޕީސްފުލް ކޯ-އެގްޒިސްޓެންސް” އަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ކޮންފަރެންސްގެ ހަވާސާގަ އެވެ.

ޗައިނާގެ ޚާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިއްމު 5 އަސާސް، ސައިނޯ-އިންޑިއަން އެގްރިމަންޓްގައި ހިމެނިތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މިކޮންފަރެންސްގައި ޝީ ދެއްވި ތަގްރީރުގެ ކުރިން ކުރެއްވި މިބައްދަލުވުމަށް އަލިއަޅުއްވާލެއްވަމުން ޝާހިދު “އެކްސް” ގައި ވިދާޅުވީ އެއް ބަޔަކު އަނެއް ބަޔަކަށް އިޙުތިރާމުކޮށްގެން، ދުނިޔޭގެ ސުލްޙައާއި މަސަލަސްކަން ގާއިމްކުރުމަށް ޝީ ކުރައްވާ މަސައްކަތްޕުޅުން ހިތްވަރު ލިބޭކަމަށާއި އިންސާނިއްޔަތަށް އޮތް ހަމައެކަނި ގޮތަކީ ސުލްހަވެރިކަމާއެކު އެންމެން ދިރިއުޅުންކަމަށެވެ.

މިއާއެކު އެންމެން އެކުގައި މަސައްކަތް ކޮށްފިނަމަ ބޭނުންވާ މަގްސަދަށް ވާސިލް ވެވޭނެ ކަމަށް ޝާހިދުވަނީ ވިދާޅުވެފަ އެވެ.