English Edition
Dhivehi Edition

މަޑުމައިތިރި އަދި ގެވެހި ރޯލުތައް ކުޅެގެން އާންމުންގެ ލޯތްބާއި މަގުބޫލުކަން ހޯދާފައިވާ ޓީވީ ތަރި ލަތާ ސަބްރަވާލް ޓީވީ ސިލްސިލާތައް ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 45 އަހަރުގެ ތަރި ލަތާ އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ސިލްސިލާތައް ކުޅުން ހުއްޓާލައި މިހާރު ބޭނުން ވަނީ ވެބް ސީރީޒްތަކާއި ފިލްމުތަކުގައި މަސައްކަތްކުރަން ކަމަށާއި އެގޮތުން ލިބޭ ކުޑަކުޑަ ރޯލްތަކަށް ވެސް އެއްބަސްވާނެ ކަމަށް ލަތާ ބުންޏެވެ. އިތުރަށް ލަތާ ބުނީ ހަޔާތުގައި ވެސް ސިލްސިލާތައްވެފައި އޮތީ ވަރަށް މުހިއްމު ބަޔަކަށްކަމަށާއި ޓީވީ ސިލްސިލާތަކުން ފުރުސަތު ދިން މީހުންނަށް ޝުކުރު އަދާކުރާކުރާކަމަށެވެ.

އުމުރަށް ވުރެ އެތައް އަހަރެއް ދޮށި ރޯލްތަކުން މަންމަ،ބޮޑުމަންމަ ނުވަތަ ބޮޑުދައިތައެއްގެ ގޮތުގައި ފެނިގެން ދިޔަ ލަތާ ކުޅެފައިވާ މަޝްހޫރު ސިލްސިލާތަކުގެ ތެރޭގައި އިޝްގް މޭ މަރުވާޖާ” އާއި “ވޯ އަޕްނާ ސާ” އާއި “ވޯ ރެހެނޭ ވާލީ މެހެލޯން ކީ” އަދި “ޚުޝިޔާން” ފަދަ ސިލްސިލާތައް ހިމެނެއެވެ. މީގެ އިތުރުން “ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ” އާއި “ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ” ގައި ލަތާ ދައްކާފައިވާ މޮޅު ހުނަރުގެ ސަބަބުން ގިނަ ބައެއްގެ ތައުރީފު އޭނާ އަށް އޮހިގެން ދިޔައިރު މީގެ ކުރިން އޭނާ ވަނީ ފިލްމުތަކުގައިވެސް މުހިއްމު ރޯލުތަކެއް އަދާކޮށްފައެވެ. މި ގޮތުންޝާހިދު ކަޕޫރާ އެކު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ ގެނެސްދިން “ވިވާ” އާއި ޝާހިދުގެ އަލަތު ފިލްމު “އިޝްގް ވިޝްގް” ގެ އިތުރުން ސަލްމާން ޚާނާ އެކު ސޫރަޖް ގެނެސްދިން “ޕްރޭމް ރަތަން ދަން ޕާޔޯ” އިން ލަތާވަނީ ފެނިގެން ގޮސްފައެވެ.