English Edition
Dhivehi Edition

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީސް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ކައުންސިލް މުހައްމަދު އަނީސް ސަރުކާރުން އިސްތިއުފާ ދެއްވައި، ރައީސް އަބްދުﷲ ޔާމީނަށް ސިޓީ ފޮނުއްވާފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ. އިސްތިއުފާ ހުށަހެޅުއްވި ސަބަބެއް ކަމަށް އަނީސް ވިދާޅުވެފައިވަނީ ސިޔާސީ ކަންކަމާ ދުރުގައި ހުރުމަށް ބޭނުންވާތީ ކަމަށެވެ.

މީގެ ކުރިން ސްޕޯޓްސް ކައުންސިލްގެ ނައިބު ރައީސްކަމުން ވެސް އިސްތިއުފާ ދެއްވާފައިވާ އަނީސް ވަނީ މިސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.