English Edition
Dhivehi Edition

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ހުށަހެޅި ލަފާ އިތުރަށް ދިރާސާ ކުރަމުން ގެންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ނޫސް ބަޔާނުގައި ވާގޮތުން، މިނިސްޓްރީއަށް ވަނީ މިނިމަމް ވޭޖް ބޯޑުން އެންމެ ކުޑަ އުޖޫރައާއި ގުޅޭގޮތުން ލަފާ ލިބިފައެވެ. އެއީ

  1. ޕްރައިވެޓް ސެކްޓަރުގެ ކުދި ވިޔަފާރިތަކަށް މަހެއްގެ މައްޗަށް 5،000 ރުފިޔާގެ އުޖޫރަ
  2. ޕްރައިވެޓް ސެކްޓަރުގެ މެދު ފަންތީގެ ވިޔަފާރިތަކުން މަހެއްގެ މައްޗަށް 7،000 ރުފިޔާގެ އުޖޫރަ
  3. ޕްރައިވެޓް ސެކްޓަރުގައި މެދުފަންތީގެ އަދި ކުދި ވިޔަފާރިތަކުގެ ތެރޭގައި ނުހިމެނޭ ވިޔަފާރިތަކަށް 8،900 ރުފިޔާ
  4. ޕަބްލިކް ސެކްޓަރުގައި ދާއިމީ މުވައްޒަފުންނަށް މަހަކަށް 7،000 ރުފިޔާ

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިނިސްޓްރީން ދަނީ މިހާރު މި ލަފާ އިތުރަށް ދިރާސާކުރަމުންނެވެ. އަދި އެ ދިރާސާއަށް ފަހު އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ އާންމު ކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިއަދު މިނިސްޓްރީން އާންމުކުރި ބަޔާނަށް ބަލާއިރު، މިނިސްޓްރީގެ ދިރާސާއަށް ފަހު މިނިމަމް ވޭޖް ބޯޑުން ހުށަހެޅި ލަފައާއި އެއްގޮތަށް އަމަލުނުކުރުމަކީ ވެސް ވެދާނެ ކަމެކެވެ. މިނިމަމްވޭޖްގެ ވައުދަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދެވެ.