English Edition
Dhivehi Edition
ފިޝަރީޒް މިނިސްޓަރު ޝިޔާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ އަމާޒެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އާއި ޕީއެންސީގެ ސަޕޯޓަރުން އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގައި ރައީސް ނަޝީދާއި ބައްދަލުވެ، އެމަނިކުފާނަށް ހަމަލާ ދޭން އުޅުނު ކަމަށް ތުހުމަތުކުރައްވައި މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ދެއްކި ވާހަކަތަކަށް ރައްދުދެއްވަމުން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމްއާއި ޕީއެންސީއަކީ ނިކަން ރިތެވިކޮށް ކުރާ ކަމެއް ކުރާ ބަޔެއް ކަމަށެވެ. އަދި އެމްޑީޕީގެ ސަޕޯޓަރުން ލައްވައި އެ ޕާޓީގެ ލީޑަރުން ކުރައްވާ ޒާތުގެ ކަންކަން ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރުން ނުކުރައްވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

“ވާދަވެރިންގެ އިހްތިޖާޖްތައް މާ ކަމުދާތީ ތިޔަ އުޅުއްވަނީ ޚަރާބު ކުރަން، ރައީސް މުހައްމަދު ނަޝީދަކީ އަޅުގަނޑުމެންގެ ސަބްޖެކްޓްއެއް ނޫން،” ޝިޔާމްގެ ޓްވީޓްގައި ވިދާޅުވިއެވެ، އިދިކޮޅު ކޯލިޝަނުން ސީދާ ހަރަކާތަށް ނުކުންނަން ކޯލިޝަންގެ ދެ ޕާޓީ ހިމެނޭ ކައުންސިލުން ގަރާރެއް ފާސްކުރީ މިދިޔަ މަހު ތެރޭގައެވެ،