English Edition
Dhivehi Edition
ފޮޓޯ: އަލީ މުންސިފް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުދޫމީދޫ އިން 2 މީހަކު ކޮވިޑަށް ޕޮޒިޓިވްވި ހަބަރާއެކު ގިނަ ބައެއްގެ ހިތުގައި ބިރުވެރިކަން އުފެދިގެންދިޔައެވެ. އެ ބިރުވެރިކަމުގެ ރަގަބީލު ގަދަވެގެން ދިޔައީ ހުޅުމީދޫ އެމްޓީސީސީ ސައިޓްގައި މަސައްކަތްކުރާ އިތުރު ބަޔަކު އިއްޔެ ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ކޮންމެ މީހަކުވެސް ތިމާ އާއި އެހެން މީހުންގެ ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅަން ފެށިއިރު އެންމެ ބޮޑަށް ފާހަގަވެގެން ދިޔަ އެއްކަމަކީ މިއަދު ކޮންމެ މީހަކުވެސް މާސްކު އަޅައިގެން މަގުމައްޗަށް ނިކުންނަކަމެވެ.

އެހެންދުވަސްތަކާއި އަޅާބަލާއިރު މިއަދު މަގުމަތީގައި އުޅޭ މީހުންގެ އަދަދު މަދުވެފައިވާއިރު މަގުމަތިން ފެންނަ ކޮންމެ މީހަކުވެސް މާސްކު އަޅައިގެން އުޅުމަކީ އެ ދެ އަވަށުގެ ރައްޔަތުން ފަރާތުން ފެނުނު ރީތި ނަމޫނާއެކެވެ. ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒިފުންވެސް މިއަދު މާސްކާއެކު ވަޒީފާއަށް ނިކުތްއިރު ކައިރީގައި ހުންނަ ފިހާރައަށް އެއްޗެއް ގަނެލަންދާ މީހާވެސް މިއަދު ނުކުތީ މާސްކު އަޅައިގެންނެވެ. ހަގީގަތުގައިވެސް މިއީ ވަރަށް އުފާވެރި މަންޒަރެކެވެ.އެއްވެސް މަޖުބޫރުކަމެއް ނެތި ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކުރުމާއި އެކު ކަމާއި ބެހޭ އިދާރާތަކުން ދެމުން އަންނަ އިރުޝާދުތަކަށް އަމަލުކުރުމަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅިގެންދާނެ އެންމެ ރަގަޅު އެއް ފިޔަވަޅުކަން ޔަގީނެވެ. ކޮންމެ މީހަކުވެސް ތިމާ އާއި އެހެންމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމާއި ބެހޭ އިދާރާތަކުން ދެމުން ގެންދާ އިރުޝާދުތަކަށް ބޯލެބުމަކީ މުހިއްމުކަމެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރުން އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށް މާދަމާއިން ފެށިގެން މާސްކު ނާޅާ ނަމަ ހުރިހާ ރަށެއްގައިވެސް ޖޫރިމަނާކުރާނެކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި މާސްކު އެޅުން މަޖުބޫރުކޮށް އެޗްޕީއޭ އިން އާންމުކުރި އެންގުމުގައި ބުނީ މާސްކު އެޅުމުން އިސްތިސްނާވާނީ އުމުރުން ދެ އަހަރު ނުވާ ކުދިންނާއި ކަސްރަތު ކުރަން އުޅޭމީހުން، އަދި އެހެން މީހުންގެ އެހީ އާއި ނުލައި މާސްކު އަޅައި މާސްކު ނުނެގޭ މީހުންގެ އިތުރުން ކެފޭ ރެސްޓޯރެންޓުތަކުގައި ކާބޯތަކެތީގެ ހިދުމަތް ހޯދާ ފަރާތްތައް ކަމަށެވެ.

1 ކޮމެންޓް
Kurinbi manje
ފެބުރުއަރީ 8, 2021
Aharemen rashuga hendhunu feshyvess1000/-rf in joorimanaa, myhun rangalhukamun vaagoi ??, hyvany mask alhaigen rahkaatheri vumaky ibu ah kohdheykamehhen, huh