English Edition
Dhivehi Edition

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އެމަޖެންސީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

އެޗްއީއޯސީން ބުނީ މިއަދު ހަވީރު އެމަޖެންސީ ނޫސްވެރިންގެ ބައްދަލުވުމެއް އޮންނާނެ ކަމަށާއި އެ ނޫސްވެރިންގެ ބައްދަލުވުން ފަށާނީ ހަވީރު 4:30 ގައި ކަމަށެވެ. ނަމަވެސް މިއީ ކޮންކަމަކާ ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސެއްގެ ކަމެއް ނޭނގެ އެވެ.

ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް ދާން ފެށުމާއެކު، ބަލި ކޮންޓްރޯލް ކުރަން ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް އެޗްއީއޯސީ އިން ވަނީ ފަށާފައެވެ. މިދިޔަ ހަތް ދުވަހު މާލެ ސަރަހައްދުން އެކަނިވެސް ޖުމުލަ 641 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ކޭސްތައް އިތުރުވަމުންދާ ވަރަކަށް، ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށާއި ފެސިލިޓީތައް ފުރި މުޅި ސިއްހީ ނިޒާމަށް ބުރަވެގެންދާނެކަމަށެވެ.

އިތުރަށް ނަޒްލާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް އިތުރަށް އެޅެން ހުރި ފިޔަވަޅުތައް ބަލަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް އެ ފިޔަވަޅުތައް އާންމުކުރާނެކަމަށެވެ.