English Edition
Dhivehi Edition

ވީ މިހާރު ވެސް ރިސޯޓު މުވައްޒަފުންނަށް ހާއްސަކޮށް 10،000 ޑޯޒު ވެކްސިން ހުންނާނެކަމަށް ޓޫރިޒަމް މިިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އޮކްސްފޯޑް-އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް-19 ވެކްސިން “ކޮވިޝީލްޑް” ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭއިރު މިހާރު ހުރި ވެކްސިން ޖެހޭނީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 5000 މުވައްޒަފުންނަށެވެ.

ވެކްސިން އެންމެ އަވަހަށް ޖަހާ މީހުންގެ ތެރޭގައި ރިސޯޓުތަކުގައި ޓޫރިސްޓުންނާ ބައްދަލުވާ މުވައްޒަފުންވެސް ހިމެނޭކަމަށް މައުސޫމް ވިދާޅުވެފައިވާއިރު ޓޫރިޒަމް މިނިސްޓްރީން މިހާރު އަންނަނީ ރިސޯޓު މުވައްޒަފުންގެ ތެރެއިން ޓޫރިސްޓުންނާ އެންމެ ގިނައިން ބައްދަލުވާ މުވައްޒަފުންގެ މައުލޫމާތު ނަގަމުންނެވެ.

ހައި ރިސްކު ކެޓަގަރީގެ މީހުންނަށް ވެކްސިން ދޭން ފެށުމާ އެކު ރިސޯޓު މުވައްޒަފުންނަށް ވެސް ވެކްސިން ދޭން ފަށާނެކަން ފާހަގަކޮށް މައުސޫމު ވިދާޅުވީ މިހާރު ވެސް ރިސޯޓު މުވައްޒަފުންނަށް 10،000 ޑޯޒު ޔަގީން ކުރެވިއްޖެކަމަށާއި އެ މުވައްޒަފުންނަށް ދެވަނަ ޑޯޒް ޖެހޭއިރު އިތުރު ވެކްސިން ލިބި ބާކީ ތިބި މުވައްޒަފުންނަށް ވެސް ވެކްސިން ދެވޭ ވަރުވާނެކަމަށެވެ.