English Edition
Dhivehi Edition
މިއެޓް ފުޓްސަލް ފިއެސްޓާ 2019ގެ ފުރަތަމަ ރޭގެ މެޗެއްގެ ތެރެއިން - ފޮޓޯ: މިއެޓް ފުޓްސަލް ފިއެސްޓާ

މަޑަވެލި ކައުންސިލް އެނުއަލް ފުޓްސަލް ކަޕް 2021 އަށް ރެފްރީން ހޯދަން އިޢުލާންކޮށްފިއެވެ.

މަޑަވެލި ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ އެ ކައުންސިލާއި، މަޑަވެލި ކޮމިއުނިޓީ ސެންޓަރ އާއި ގުޅިގެން 19 މާރޗް 2021ގައި ފެށުމަށް ހަމަޖެހިފައިވާ މަޑަވެލި ކައުންސިލް އެނުއަލް ފުޓްސަލް މުބާރާތް 2021 ގައި ރެފްރީކަން ކޮށްދޭނެ 2 ރެފްރީން ހޯދަން ބޭނުންވާ ކަމަށާއި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 18 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކުން ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ރެފްރީކަމުގެ ލައިސަންސްގެ ކޮޕީއާއި، އައި.ޑީ.ކާޑު ކޮޕީއާއިއެކު ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ޝައުގުވެރިކަން ފާޅުކޮށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއްގެ ޓްރާސްޕޯރޓް (ކަނޑު) ހަމަޖެހިގެން ދާނެ ކަމަށާއި، މެޗް ބޯނަސްގެ ގޮތުގައި އޮފިޝަލްކަން ކުރާ ކޮންމެ މެޗަކަށް -/450ރ ހަމަޖެހިގެން ދާނެ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

އެކަމާ ގުޅޭ އިތުރުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9698877 ނަމްބަރަށް ގުޅުއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.