English Edition
Dhivehi Edition
ގދ. މަޑަވެލި - ފޮޓޯ: މަޑަވެލި ކައުންސިލް ފޭސްބުކް ޕޭޖް

މަޑަވެލި ކައުންސިލްގެ އަހަރީ ފުޓްސަލް މުބާރާތް އަންނަ މަހު ބާއްވަން ތައްޔާރުވެއްޖެއެވެ.

މަޑަވެލި ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަޑަވެލި ކައުންސިލް އެނުއަލް ފުޓްސަލް މުބާރާތް 2021، މަޑަވެލި ކައުންސިލާއި، މަޑަވެލި ކޮމިއުނިޓީ ސެންޓަރު ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 19 މާރޗް 2021 ން 26 މާރޗް 2021 އަށް މަޑަވެލި Q1 އެރީނާ ފުޓްސަލް ދަނޑުގައި ކަމަށާއި، އެ މުބާރާތަކީ ހަމައެކަނި މަޑަވެލިގެ ޒުވާނުންނަށް އަމާޒްކޮށްގެން ކައުންސިލުން ކުރިއަށް ގެންދާ މުބާރާތެއް ކަމަށްވެސް އިޢުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެ މުބާރާތުގައި ޓީމްތައް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު 01 ފެބްރުއަރީ 2021 އިން 28 ފެބްރުއަރީ 2021 ވަނަ ދުވަހުގެ 14:00 އަށް ހުޅުވާލެވިފައިވާ ކަމަށާއި، މުބާރާތުގެ އެއްވަނަ ޓީމަށް 10،000ރ. އަދި 2 ވަނަ ޓީމަށް 5،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.

އެކަމާ ގުޅޭ އިތުރުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9698877 ނަމްބަރަށް ގުޅުއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.