English Edition
Dhivehi Edition
ކޮވިޑް-19 އަށް ޓެސްޓްކުރަން ނެގި ސާމްޕަލެއް އާރްއާރްޓީގެ މެންބަރަކު ބަންދު ކުރަނީ - ފޮޓޯ: މިހާރު

ކޮވިޑް19 އާ ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އއ. މަތިވެރިއަށް އަރާ ފޭބުން މަނާ ކޮށްފި އެވެ.

ތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެ ރަށް މޮނިޓަރިންގ ހާލަތަށް ގެންގޮސް، ރަށަށް އަރައި ފޭބުން މަނާކުރީ މިއަދު އިރު އޮއްސުނު އިރު އެވެ. އެރަށު ކައުންސިލް ރައީސް އިސްމާއިލް އާތިފް ވިދާޅުވީ އެ ރަށް މޮނިޓަރިން އަށް ލީ، ރަށުގެ ކުޑަ ދެ ކުއްޖަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށެވެ. އެ ކުދިން ފައްސިކަން އެނގުނީ ބަލީގެ އަލާމަތްތައް ފެނިގެން އިއްޔެ ކޮވިޑް-19 އަށް ޓެސްޓު ކުރުމުން ކަމަށެވެ.

މަތިވެރި ކައުންސިލުން ބުނީ މި އަދު ޕޮޒިޓިވްވި ދެކުދިންގެ މާމަ އާއި ކާފަވެސް މީގެ ކުރިން ހޯމް ކަރަންޓީނުގައި ތިއްބައި ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ފެސިލިޓީއަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި މި ދެކުދިން އެމީހުންނާއި ކޮންޓެކްޓިވި ކަމުގެ ވާހަކަތައް ރަށުތެރޭގައި ދެކެވިފައިވާ ކަމަށާއި އެހެންނަމަވެސް ޕޮޒިޓިވްވި ދެކުދިންނަކީ ސްކޫލަށް ގޮސް، ރަށު ތެރޭގައި ކުޅެން ނުކުމެ އުޅުނު ދެ ކުދިން ކަމަށެވެ.