English Edition
Dhivehi Edition

ވެކްސިންގެ ވާހަކަދައްކަވަން ސައެންޓިސްޓަކަށް ވާން ޖެހިވަޑައިގަންނަވާނަމަ، ޔުމްނާގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ”ރޮކެޓް ސައެންޓިސްޓެއް“ ކަމަށް ޤަބޫލުކުރައްވާކަމަށް ޕީީއެންސީގެ ނައިބު ރައީސް މުޙައްމަދު ޙުސައިން ޝަރީފް(މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިހެން ވިދާޅުވީ ޕީޕީއެމްގެ ސައެންޓިސްޓުންގެ ޓީމުން ޕީޕީއެމްގެ ލެބްގައި ވެކްސިނެއް ތައްޔާރު ކޮށްދެއްވިނަމަ ރައްޔިތުންނަށް މާ ފަސޭހަވީސް ނޫންތޯ ވިދާޅުވެ އިދިކޮޅު ކޮލިޝަނަށް ފާޑުވެ ޔުމްނާ ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެވެ. މި ގޮތުން މުންދު ވިދާޅުވީ ވެކްސިންގެ ވާހަކަދައްކަވަން ސައެންޓިސްޓަކަށް ވާން ޖެހިވަޑައިގަންނަވާނަމަ، ޔުމްނާގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ”ރޮކެޓް ސައެންޓިސްޓެއް“ ކަމަށް ގަބޫލުކުރައްވާކަމަށެވެ. އިތުރަށް މުންދު ވިދާޅުވީ ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުސަތު ހޯދައިދިނުމަށް ދުނިޔެއިން ބޭރަށް ފޮނުއްވާނެކަމަށް ވިދާޅުވި ހަނދާން ހުންނެވިކަމަށެވެ.

އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝިލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް މި މަހުގެ 20 ވަނަ ދުވަހު އިންޑިއާ ސަރުކާރުން ހަދިޔާ ކޮށްފައިވާއިރު ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ ބަޔަކު ވެކްސިން ޖަހައިފިނަމަ، އާންމު ހާލަތަށް ދިއުމަށް އަވަސްވާނެ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވަނީ ބުނެފައެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކޮވިޑް-19ގެ ވެކްސިންނަށް ދުނިޔޭގެ ސިއްހަތާބެހޭ ވުޒާރާއިން އަދި ރަސްމީ ހުއްދަ ދީފައިނުވާއިރު ރާއްޖޭގައި މި ވެކްސިންޖެހުމާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން އަންނަނީ އެއްވުންތައް ބާއްވަމުންނެވެ.