English Edition
Dhivehi Edition

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ނިޒާމް އިލެކްޝަންސް ކޮމިޝަނުން ގާއިމްކޮށްފި އެވެ.

އެޕްރީލްމަހުގެ 10 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށްޓަކައި އީސީ އިން ތައްޔާރުވަމުން އަންނައިރު އެ ކޮމިޝަނުން ބުނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާއި ގަވާއިދާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދާއި، މި އިންތިޚާބާ ގުޅިގެން ހަދާފައިވާ ގަވާއިދުތަކާ ޚިލާފު އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވަތަ މި އިންތިޚާބާ ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

އީސީ އިން ބުނީ އިންތިހާބާއި ގުޅޭ ޝަކުވާތައް ހުށަހަޅަންވާނީ އެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ “ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު” ންކަމަށެވެ. އެ ފޯމް ކޮމިޝަންގެ ވެބްސައިޓުން ލިބޭނެ އެވެ. އަދި އިންތިހާބާ ގުޅިގެން ޝަކުވާ ހުށަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ ކޮމިޝަންގެ ރަސްމީ އީމެލްއެޑްރެސް، [email protected] އަށެވެ.