ދާދި ފަހުން އިންޑިޔާއިން ރާއްޖެއަށް ހަދިޔާ ކުރި އޮކްސްފޯޑުގެ އެސްޓްރާޒެނެކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން،ޖެއްސެވި ފުރަތަމަ ދިވެއްސަކީ ޑރ.ނަޒްމީ އަބްދުލް ލަތީފްއެވެ.
އެތެރެހަށީގެ ޑޮކްޓަރެއް ކަމަށްވާ ޑރ.މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޝީލްޑް ވެކްސިން ފުރަތަމަ ޖެއްސެވި ދިވެހި ބޭފުޅަކީ ޑރ. ނަޒްމީ ކަމަށެވެ.
Our colleague Dr. Nazmee – pulmonologist(who had worked in NCRM-IGMH) & left for further studies to India had received #COVISHIELD, making him one of the first Maldivians to receive it. And many friend and colleagues of Nepal had also received it.#VaccinesSaveLives
— Dr. Mohamed Ali (@Moxamedalu) January 28, 2021
ޑރ.ނަޒްމީ އަކީ އައިޖީއެމްއެޗްގައި ފިޒީޝަނަކަށް އުޅުއްވި ބޭފުޅެކެވެ. އަދި މިވަގުތު ހުންނެވީ އިތުރަށް ކިޔެވުމަށް ގޮސް އިންޑިޔާގައެވެ.
ކޮވިޝީލްޑް ވެކްސިންއަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އަދި ހުއްދަ ދީފައެއް ނުވެއެވެ. ނަމަވެސް މިވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ، މިމަހު 26 ވަނަ ދުވަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ދީފައެވެ.
މީގެ އިތުރުން،. ވެކްސިނަކީ ވެސް، އެ ވެކްސިނެއް ބޭނުން ކުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ “ރިއެކްޝަން” އެއް އައުމުގެ ފުރުސަތު އޮންނަ އެއްޗެއް ކަމަށާއި އެހެންކަމުން އެ އޮތޯރިޓީ އާއި ހެލްތް މިނިސްޓްރީ އަދި އެޗްޕީއޭ ގުޅިގެން މި ވެކްސިން މީހުންނަށް ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަން ގާތުން މޮނީޓާ ކުރާނެ ކަމަށްވެސް އެމްއެފްޑީއޭ އިން ވިދާޅުވިއެވެ.