English Edition
Dhivehi Edition

މިއަދުން ފެށިގެން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރާ ގަޑި އަވަސްކުރަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން، މިއަދުން ފެށިގެން، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ކަމަށާއި، ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ބަންދު ކުރަން ޖެހޭ ވަގުތަށް އަނެއްކާވެސް ބަދަލު ގެނެސްފައި މިވަނީ ރޭގަނޑު 1:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް މި މަހުގެ 24 ވަނަ ދުވަހު ނިންމުމަށް ފަހުގައި ކަމަށެވެ.

މިފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން ވެސް ވަނީ އެމިނިސްޓްރީން ވަނީ އަންގާފައެވެ.
ރާއްޖޭގައި އަނެއްކާވެސް ކޮވިޑްގެ ކޭސްތައް ގިނަވާން ފެށުމުން އެޗްޕީއޭ އިންވަނީ އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. ރެއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް ނިކުމެ އުޅުން މަނާކޮށް ކާފިއު ހިންގަންވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.