English Edition
Dhivehi Edition

ކަންނާޑާ ބިގް ބޮސްގެ ތިންވަނަ ސީޒަން ގައި ފެނިގެން ގޮސްފައިވާ އެކްޓްރެސް ޖަޔަޝްރީ ރަމަޔާ އަމިއްލައަށް މަރުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ހެނދުނު ޖަޔަޝްރީ މަރުވެފައި އޮއްވާ ފެނިފައިވަނީ ބެންގަލޫރުގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓުންނެވެ. ޖަޔަޝްރީގެ ހަށިގަނޑު އެޓޮޕްސީ ހެދުމަށް މިހާރު ފޮނުވާފައިވާއިރު، މި މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ އޭނާ އަމިއްލައަށް މަރުވީކަން އަދި ފުލުހުން ކަށަވަރުކޮށް ދީފައެއް ނުވެއެވެ.

މީގެ ކުރިން ޖަޔަޝްރީ ވަނީ އޭނާއަށް ދިމާވެފައިވާ ޑިޕްރެޝަންގެ މައްސަލަތަކާއި ބެހޭ ގޮތުން ފޭސްބުކްގައި ޕޯސްޓެއް ކޮށްފައެވެ. ޖުލައި 22 ގައި ޖެހި މިސްޓޭޓަސް ޖަޔަޝްރީ ފަހުން ޑިލިޓް ކޮށްލާފައިވާއިރު އޭރު އޭނާ ވަނީ މިހާރު ޑިޕްރެޝަންގެ މައްސަލައަށް ފަރުވާ ލިބިފައިވާކަމަށް ބުނެވެސް ޕޯސްޓެއް ކޮށްފައިއެވެ.

2017 ވަނަ އަހަރު “އުއްޕު ހުލީ ހަރާ” ކިޔާ ފިލްމަކުން ބޮލީވުޑަށް ތައާރަފްވި ޖަޔަޝްރީ ކުޅުނު ފިލްމުތަކުގެ ތެރޭގައި “ބްލެކް”ވެސް ހިމެނެއެވެ.