English Edition
Dhivehi Edition

އިސްލާމީ މަރުކަޒުގެ މަސްޖިދުލްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމަށް ބަރަހަނާ ހާލުގައި ވަން ބިދޭސީ މީހާއަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ އިޝާ ނަމާދަށް ފަހު ބަރަހަނާ ހާލުގައި ހުރި ބަންގްލަދޭޝް މީހަކު އިސްލާމީ މަރުކަޒަށްވަދެ މިސްކިތުގައި ހުރި ބައެއް ތަކެއްޗަށްވަނީ ގެއްލުން ދީފައެވެ. މިސްކިތުގައި ތިބި މީހުން އެ މީހާ މިސްކިތުން ނެރުމަށް މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އާންމުވެފައިވާއިރު އެރޭ ފުލުހުން ވިދާޅުވީ އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އެކަމާއި ގުޅިގެން އިތުރު މައުލޫމާތު މީޑިއާ އަށް ހިއްސާ ކުރައްވަމުން ފުލުހުން ވިދާޅުވީ އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް ފުލުހުންނަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށެވެ. އަދި އެމީހާ މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

އިތުރަށް ފުލުހުން ވިދާޅުވީ އޭނާގެ ސްޕޮންސާ އާއި ގުޅިގެން އޭނާ ބަންގްލަދޭޝް އަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

1 ކޮމެންޓް
ީޢަހުމަދު
ޖެނުއަރީ 23, 2021
Emeehaa nafsaanee vumah medhuverivee sababaky? Alhugandu ves nafsaanee vegen oriyaamun egaumuge miskithakah araafaanan alhugandah bayaku olhuvailaigen e gaumah gen gos passport athulaa, faisaa kolhakah takaa alhugandu beerattehi gaumakah gina koh bika kollaa, aailaa yah vaanuvaa eh neyngi 100/- percent Muslimun kamah bune, muslimu akhakah gaumah nudhevey goi be hatharu undhares fenu jassaalaifiyyaa... Hama ekasheegenvey. Rangalhah dhiraasaa kurithoa? Kon hospitalehgge reporteh thoa ebeyfulhun dhekkevy? Noony jehilun vany thoa emeehaage haalu Bayaan kuran?