އ.ދ ގެ ސަލާމަތީ މަޖިލީހުން ގައުމަކާ މެދު މިހާތަނަށް އެޅި އެންމެ ވަރުގަދަ ދަތި ކުރުމުގެ ފިޔަވަޅު، އުތުރު ކޮރެއާއި މެދު އަޅަން މުޅި މަޖިލީހުގެ އަޣުލަބީއްޔަތުން ފާސްކޮއްފިއެވެ.
ހޯމަ ދުވަހު މިކަމާ ގުޅިގެން އ.ދގެ ސަލާމަތީ މަޖިލީހުގައި ނެގި ވޯޓުގައި، ވޯޓު ލުމުގެ ހައްގު ލިބިގެންވާ 15 ގައުމުންވެސް ވަނީ ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެއްބަސްވެފައެވެ. މީގެ ތެރޭގައި ޗައިނާ އަދި ރަޝިއާ ހިމެނެއެވެ. މި ދެގައުމުން ވެސް ވަނީ މީގެ ކުރިން އުތުރު ކޮރެއާއި މެދު ދަތި ކުރުމުގެ ފިޔަވަޅު އެޅުމާއި މެދު ނުރުހުން ފާޅުކޮއްފައެވެ.
އުތުރު ކޮރެއާއި މެދު މި ފަހަރު އެޅި ދަތި ކުރުމުގެ ފިޔަވަޅުތަކަށް ބަލާއިރު، އުތުރު ކޮރެއާގެ އެހެން ގައުމު ތަކާއި އެކު ކުރާ ފޮތީގެ ވިޔަފާރީގެ %90 ވަނީ މަނާކޮއްފައެވެ. އަދި އެގައުމަށް އެތެރެ ކުރެވޭ ތެލުގެ މިންވަރު ވެސް ވަނީ، ވަކި ހަމައެއްގައި ހިފެހެއްޓުމަށް ފާސް ކުރެވިފައި ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވިއެވެ.
މި ވޯޓަށް ފަހު އެމެރިކާއިން އ.ދ އަށް ކަންޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކީ ހޭލީ ބުނެފައިވަނީ، ކޮންމެ ދުވަހަކު އުތުރު ކޮރެއާ ދަނީ އަންދިރި ކަމުގެ ތެރެއަށް އިތުރަށް ވެއްޓެމުން ކަމަށެވެ. އަދި މުޅީ ދުނިޔެވެސް އެގައުމުގެ، ޤާނޫނާއި ޤަވާއިދު ތަކާ ހިލާފު އަދި ނުރައްކާތެރި އަމަލުތަކާ ދެކޮޅަށް ތެދުވިފައިވާ ކަމަށެވެ. އެނާ އިތުރަށް ވިދާޅުވި ގޮތުގައި އުތުރު ކޮރެއާއި މެދު ފިޔަވަޅު އަޅައިގެނީ އުފަލެއް ލިބިގެން ނޫންކަމަށެވެ. އަދި އެމެރިކާއިން ބޭނުންވަނީ ހަންގުރާމަވެސް ނޫންކަމަށެވެ. ނިކީ ވިދާޅުވި ގޮތުގައި އުތުރު ކޮރެއާއަށް އަދި ވެސް އަންބުރާ އައުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް އޭގައި އޮތީ އެގައުމުގެ ނިންމުން ކަމުގައެވެ.
އެމެރިކާއިން އ.ދ ސަލާމަތާ ބެހޭ މަޖިލީހަށް އާޅަނެ ފިޔަވަޅު ތަކާ ބެހޭގޮތުުން ހުށައެޅި ލިއެކިއުމުގައި ތިބި ބައެއްކަން މި ފަހަރު ފާސް ކުރި ދަތި ކުރުމުގެ ފިޔަވަޅުގައި ނުހިމެނެއެވެ. އޭގެ ތެރޭގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ގެ މުދާ ތަށް ފްރީޒް ކުރުމާއި އެގައުމުގެ ތެޔޮ އިމްޕޯޓު އެއްކޮށް މަނާ ކުރުމަށެވެ. އޭގެ ބަދަލުގައި ތެޔޮ އިމްޕޯޓު ވަނީ 2 މިލިއަން ފީފާ ތެލަށް އިމްޕޯޓު ކުރެވޭ މިންވަރު ހިފަހައްޓާފައެވެ. އަދި 726 މިލިއަން ޑޮލަރުގެ ފޮތީގެ ވިޔަފާރީގެ %90 ވަނީ މަނާ ކުރެވިފައެވެ. އަދި މީގެ އިތުރުން އެގައުމުން ބޭރުގައި މަސައްކަތް 93000 މީހުން ދައުލަތަށް އަންބުރާ ފޮނުވާ ލާރި ހިފެހެއްޓުމަށް ނިންމާފައެވެ.
މި ފިޔަވަޅުތަށް އެހެން ތަންފީޒު ކުރުމާ ބެހޭގޮތުން އެމެރިކާ ސަފީރު ހޭލީ ވިދާޅުވީ، ޗައިނާއިން ފިޔަވަޅުތަކާމެދު އެއްބަސް ވެފައި ވުމުން ތަންފީޒު ކުރުމުގައި ފަސޭހަ ވާނެ ކަމުގައެވެ. އަދި ޓްރަމްޕް އަދި ޗައިނާގެ ރައީސް ޝީ ޖިން ޕިން އާއި އޮންނަ ގުޅުން ރަންގަޅުވެފައިވާ ކަން އެނާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ދެފރާތުގެ އެއްބާރު ލުުން ވެސް ބޭނުން ވާކަން ފާހަގަ ކުރެއްވިއެވެ.
ރަޝިއާއިން އެއްކޮޅަށް ވޯޓު ދެއްވާފައި ވީ ނަމަވެސް އެގައުމުގެ ރައީސް ވިދާޅު ވެފައި ވަނީ އުތުރު ކޮރެއާގެ ރައްޔިތުންނަށް ބުރު ކާންދީގެން ވެސް އުތުރު ކޮރެއާ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށެވެ. އެހެން ކަމުން ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ބޭނުމެއް ނުފެންނަކަމަށް ވްލަޑްމީއާރ ޕޫޓިން ވިދާޅުވިއެވެ.