English Edition
Dhivehi Edition

ފެބްރުއަރީ މަހުން ފެށިގެން ސްރީލަންކަން އެއަރލައިންސް އިން ރާއްޖެ އަދި ލަންޑަންއާ ދެމެދު ދަތުރުތައް އަލުން ފެށުމަށް ނިންމައިފިއެވެ.
މީޑިޔާއަށް މައުލޫމާތު ދެމުން ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވީ ސްރީލަންކަން އެއަރލައިންސްއިން ރާއްޖެ އަދި ލަންޑަނާ ދެމެދު ދަތުރުކުރަން ފެށީ މިދިޔަ ޑިސެމްބަރ މަހުގައި ކަމަށާއި އެހެންނަމަވެސް ކޮވިޑްއާއި ގުޅިގެން އެޤައުމު ފުރަބަންދަށް ދިޔުމުން އެދަތުރުތައް މެދުކަނޑާލީ ކަމަށެވެ.

އަދި އިތުރު ލުއިތަކާއި ދަތުރުތައް އަލުން ފެށުމުން ދަތުރުކުރާ މީހުން ގިނަ ވެގެންދާނެކަމަށް އުއްމީދުކުރާ ކަމަށް ފިރާޤު ވިދާޅުވިއެވެ.

ސްރީލަންކަންއިން ލަންޑަނާއި ރާއްޖެއާ ދެމެދު ކޮންމެ ހަފްތާއަކު އަންގާރަ އަދި ހޮނިހިރު ދުވަހު ދަތުރުކުރަން ނިންމާފައިވާއިރު، ލަންޑަނަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13ވަނަ ދުވަހުއެވެ. ރާއްޖެއާއި ލަންޑަނާއި ދެމެދު ފަށާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 1120 ޑޮލަރެވެ.
ސްރީލަންކަން އިން ދަނީ ރާއްޖެއާއި ސްރީލަންކާ އަދި ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދުވެސް ދަތުރުތައް ބާއްވަމުންނެވެ.