އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު މާޅޮހާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗް 3-2 ލަނޑުން ޓީސީ ސްޕޯޓްސް މޮޅުވެ ތާވަލުގެ ތިންވަނަ މަގާމް ހޯދައިފިއެވެ.
އުރީދޫ ޕްރިމިއަ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދި ނަމަވެސް މެޗުގެ 21 ވަނަ މިނެޓުގައި ޓީސީގެ ސްޓެވާޓް ކޯނެލިއަސް ވަނީ މެޗުގެ ނަތީޖާ ޓީސީ އަށް ހަމަހަމަކޮށްދީފައެވެ.
ޓީސީން މެޗުގެ ނަތީޖާ ހަމަހަމަކުރިތާ ގިނަ އިރުތަކެއް ނުވަނީސް، މާޅޮހުގެ އާދަމް ރަޒުނީއަށް ދެއްކި ރަތް ކާޑާ ގުޅިގެން އެ ޓީމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި އިބްރާހިމް މަހުދީ ވަނީ ލަނޑެއް ޖަހައި ޓީސީއަށް ލީޑު ހޯދައިދީފައެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ޓީސީއިން 10 ކުޅުންތެރިން ނާއިއެކީ ކުޅެމުންދިޔަ މާޅޮސްކޮޅަށް އަލީ ނާފިއުގެ ލަނޑުން ދެ ލަނޑުގެ ލީޑެއް ހޯދި ނަމަވެސް މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް މާޅޮހުން ވަނީ ޓީސީން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފައެވެ.މި ލަނޑު މާޅޮހަށް ކާމިޔާބުކޮށްދީފައިވަނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އަންހެލް ކަރަސްކޯސާ މުނޯޒެވެ.
މި މެޗުން ޓީސީ މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިޙާތަނަށް ކުޅުނު 5 މެޗުން 10 ޕޮއިންޓާއެކު ތިންވަނަ މަގާމް ލިބިފައެވެ. މާޅޮހަށް ފަސް މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އެއްވަނައިގައި އޮތް ނިއު ރޭޑިއަންޓަށް 5 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު ލީގުގައި ގްރީން ސްޓްރީޓްސް އާއި މާޒިޔާ ކުޅޭ މެޗުން މާޒިޔާ މޮޅުވެއްޖެނަމަ އެއްވަނަ މަގާމް އަލުން މާޒިޔާއަށް ލިބޭނެ އެވެ.