English Edition
Dhivehi Edition
ޓްރަންޕް ބެލޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް އިނގިރޭސި ވިލާތަށް ކުރެއްވި ޒިޔާރަތުގައި އޭނާއާއި ދެކޮޅަށް އެޤައުމުގެ ރައްޔިތުން ކުރި މުޒާހަރާގައި ބޭނުން ކުރި ބޭބީ ޓްރަންޕް ބެލޫން ލަންޑަން މިއުޒިއަމުން ޖާގަ ހޯދައިފިއެވެ. 19 ފޫޓުބޮޑު މި ބެލޫން މިއުޒިއަމުން ވަނީ ގަނެފައެވެ. މިއީ 2018 ޖުލައި މަހު ރައީސް ޓްރަންޕް ޔޫކޭއަށް ކުރެއްވި ދަތުރުފުޅު ގެ ދުވަސްވަރު ޕާލަމެންޓް ސުކެއަރ ގައި އެރުވި ބެލޫންއެކެވެ.

ލަންޑަން މުޒާހަރާގައި ޓްރަންޕް ބެލޫން އަރުވާފައި

ލަންޑަންގެ މިއުޒިއަމުން ބުނީ އެއީ އާދަޔާއި ޚިލާފު ބެލޫންއެއް ކަމަށާއި އެއީ ލަންޑަން ގެ ރައްޔިތުންގެ އިޙުސާސް ދައްކުވައިދޭ މޮޅު ހުށަހެޅުމެއް ކަމަށެވެ.

ރައީސް ޓްރަންޕް މޯބައިލް ފޯނެއް އަތްޕުޅަށް ލައްވައިގެން ޑައިޕަރ އެއްގައި ހުންނަވާ މަންޒަރު ދައްކުވައިދޭ މިބެލޫން މިހާރުވަނީ މިއުޒިއަމްގެ ބެލެހެއްޓުމުގެ ދަށުން ރައްކާތެރި ކުރެވިފައެވެ.

ލަންޑަންގެ އެތައް ސަކޭތަ ބަޔަކު ބަލާލަން ދިޔަ އެ ބެލޫން ރައްކާކުރީ މިއުޒިއަމް ސިޔާސީ ވެގެން ނޫން ކަމަށާއި އެއީ ލަންޑަންގެ ރައްޔިތުންގެ އިޙްސާސްތަކާއި ކުޅެލި އެއްޗަކަށްވާތީ ކަމަށް މިއުޒިއަމްގެ ޑިރެކްޓަރ ޝެރޮން އެމެންޓް ވަނީ ވިދާޅުވެފައެވެ.