English Edition
Dhivehi Edition

އައްޑޫސިޓީ ޕޮލިސް އާއި ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ (ޑަބްލިއުޑީސީ) އާއި ގުޅިގެން އައްޑޫސިޓީގެ އަންހެނުންނަށް ވޮލީމުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މިއަހަރުގެ އޮކްޓޯބަރުމަހުގައި ބޭއްވުމަށް ހަމަޖައްސާފައިވާ މި މުބާރާތުގެ މަގްޞަދަކީ މި މުޖްތަމައަކީ ކުށް މަދު އެކުވެރިކަމާއި ދުޅަހެޔޮ ސިއްހަތެއްގެ ބަޔަކު ތިބޭ ތަނަކަށް ވެ އަދި އިތުރަށް މި ސިޓީގެ އަންހެން ކަނބަލުންގެ މެދުގައި ވޮލީ ބޯޅަ ދިރުވައި އާލާކުރުން ކަމަށް އައްޑޫސިޓީ ޕޮލިސް އިން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ސެޕްޓެމްބަރު މަހުގެ 18 ގައި ހުޅުވާލާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ލިބެން ހުންނާނީ އައްޑޫގެ ދާއިރާތަކުގެ ޕޮލިސް ސްޓޭޝަނުގެ އިތުރުން ކައުންސިލް އިދާރާގެ ޑަބްލިއުޑީސީ އޮފީހުންނެވެ.