English Edition
Dhivehi Edition

ބަންގްލަދޭޝްގެ ރައްޔިތުން ދަނީ ދިވެހި ގައުމު ބިނާކޮށް، އުމުރާނީ ތަރައްގީތައް ގެނައުމުގައި މަސައްކަތް ކުރަމުން ކަމަށް އެވިޑްކޮލެޖްގެ ޗެއަރމަން ޢަބުދުﷲ މުޝްތާޤް ރަޝާދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންނަށް ޚާއްޞަކޮށްގެން އެވިޑް ކޮލެޖުން ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

މާލޭ ސޯސަލް ސެންޓަރު ކައިރީގައި ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން މުސްތާގް ވިދާޅުވީ ބަންގްލަދޭޝްގެ ވަރަށް ގިނަ ރައްޔިތުން ރާއްޖޭގެ މަސައްކަތުގެ މައިދާނުގައި މަސައްކަތްކުރަމުން ދާ ކަމަށެވެ. އަދި އެ ރައްޔިތުން ދަނީ ދިވެހި ގައުމު ބިނާކޮށް، އުމުރާނީ ތަރައްގީތައް ގެނައުމުގައި މަސައްކަތް ކުރަމުން ކަމަށެވެ.

މީގެ އިތުރުން ޚާއްޞަގޮތެއްގައި އެ ރައްޔިތުން ދަނީ އެކި މައްސައްކަތުގެ މާހައުލުގައި ވަރަށް ބޮޑަށް އަވަދިނެތި މަސައްކަތްކުރަމުން ކަމަށް ފާޙަގަ ކުރެއްވިއެވެ.

އެވިޑުން ބޭނުން ވަނީ އިޖުތިމާއީ ގިނަ ކަންތައްތަކުގައި ބައިވެރިވާން ކަމަށް ވެސް މުސްތާޤު ވިދާޅުވިއެވެ.

މި ހަރަކާތުގައި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.