English Edition
Dhivehi Edition
މޯލްޑިވިއަން އަށް އަލަށް ގެނައި ފްލައިޓް/ފޮޓޯ އަޙްމަދު ފާލިޙު ޢަލީ

ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަންއިން ބަންގްލަދޭޝްއަށް ކުރަމުން އަންނަ ދަތުރުތައް މެދުކަނޑާލައިފިއެވެ.

މޯލްޑިވިއަންއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބަންގްލަދޭޝްގެ ހާލަތު ގޯސްވުމާއި ގުޅިގެން ރާއްޖެއިން މިއަދު ބަންގްލަދޭޝްގެ ޑާކާއަށް އަދި ޑާކާއިން ރާއްޖެއަށް ކުރަން ހަމަޖެހިފައިވާ ދަތުރު ކެންސަލްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މޯލްޑިވިއަން އިން ބުނީ ބަންގްލަދޭޝްގެ ހާލަތު ގާތުން ބަލަމުންދާ ކަމަށާއި ފަސެންޖަރުންނަށް އެހީތެރިކަން ދެމުންދާނެ ކަމަށެވެ. އެންމެ އިސްކަމެއް ދެނީ ފަސިންޖަރުންނާއި ކުރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް ވެސް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.

ބަންގްލަދޭޝްގައި ކުރަމުންދާ މި މުޒާހަރާގެ ތެރެއިން ގިނައަދަދެއްގެ ރައްޔިތުން ބޮޑުބަޒީރު ޝައިހު ހަސީނާގެ އިސްތިއުފާއަށް ގޮވާ، ގަނޑުވަރަށް ވަދެގަތުމާއެކު އެކަމަނާ ވަނީ އިއްޔެ އިސްތިއުފާ ދެއްވާފައެވެ. އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ގިނަ ބަޔަކު ވަނީ މި މުޒާހަރާތަކުގައި ޒަހަމްވެފައެވެ.