English Edition
Dhivehi Edition
20 އޭޕްރީލް 2020 ވަނަ ދުވަހު ދިވެހިންނާއެކު ރާއްޖެ އައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓު - ފޮޓޯ: ފޮރިން މިނިސްޓްރީ

ބަންގްލަދޭޝް އިން ރާއްޖެއަށް އަސްކަރީ 13 އުޅަނދު ހަދިޔާކުރަން ނިންމައިފި އެވެ.

މިތަކެތި ހަދިޔާކުރަން ނިންމާފައިވަނީ ބަންގަލްދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގަ އެެވެ.

އެގައުމުން މީގެކުރިން ވެސް ރާއްޖޭގެ އަސްކަރިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ އިރު، މިއީ ދެ ޤައުމުގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން ހަދިޔާކުރާ އުޅަނދުތަކެއް ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުއި މިމަހުގެ 22 ވަނަ ދުވަހު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ވާހަކަފުޅުތަކުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފަ އެވެ.

1 ކޮމެންޓް
ސިވާދު
ޑިސެމްބަރު 22, 2021
ތިޔަ ތަކެތި ބަލަހައްޓަން ބަނގުލަދޭޝް ސިފައިންނަށް ކިތައްރަށް ދޭން ޖެހޭތަ؟ އަދި 200 މިލިއަން ޑޮލަރގެ ބަދަލުގައި ވަގައް ރާއްޖެގައި ގަވާއިދާ ޚިލާފައް އުޅޭ ކިތައްމީހުން ގަވައިދު ގެ ތެރއަށް ވައްދާފއި ވަޒީފާ ދެންޖެހެތަ؟ އިންޑިއާ ވެސް ފޮނުވާ ކޮންމ ހަދިއާއެއް ބަލހައްޓަން 150 އިންޑިއާ ސިފައިން އައިސް އެބަތިބި،، އެމީހުނަށް މުސާރަ އާއި ކެއިންބުމާ ތޮބިމުގެ ޚަރަދު ވެސް ދޭންޖެހެނީ ދިވެހި ސަރކާރުން