English Edition
Dhivehi Edition

ހުޅުމާލޭގެ ކެފޭ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ބަންގްލަދޭޝް މީހާ މަރާލި ޕާކިސްތާނުގެ މީހާ ހޯދަން ފަށައިފިއެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ މީހާ މަރާލިކަމުގެ ތުހުމަތުގައި ހޯދަމުންދަނީ އުމުރުން 26 އަހަރުގެ މުހައްމަދު އަބީދު ނަމަކަށްކިޔާ ޕާކިސްތާނުގެ ފިރިހެނެއްކަމަށެވެ.

މީގެ އިތުރުން ފުލުހުން ވަނީ ހޯދަމުން ދާ މީހާއަކީ ނުރައްކާތެރި މީހެއްކަމަށާއި، އެއްވެސް މީހަކަށް މުހައްމަދު އަބީދު ފެނިއްޖެނަމަ، އޭނާ އާއި ކުރިމަތިލުމުގެ ބަދަލުގައި ފުލުހުންނަށް ރިޕޯޓުކުރުމަށް އެދިފައެވެ.

“އެއީ ވަރަށް ނުރައްކާތެރި މީހެއް. އަޅުގަނޑުމެން އެދެނީ އާއްމުން އޭނާއާ ކުރިމަތި ނުލުމަށް، އަދި އޭނާ ފެނިއްޖެ ނަމަ އަަވަހަށް 119 އަށް ގުޅައި އެކަން ރިޕޯޓް ކުރުމަށް”. ފުލުހުން ވަނީ ބުނެފައެވެ.