English Edition
Dhivehi Edition
ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ތަކެއް ސްކޫލް ހުޅުވުނު ފުރަތަމަ ދުވަހު ސްކޫލަށް ވަންނަނީ

ގއ. އަތޮޅު ވިލިނގިލީ ގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ގްރޭޑް 12 ގެ އިތުރު ދަރިވަރަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިރޭ ޕޮޒިޓިވް ވެފައިވަނީ އިއްޔެ އެސްކޫލުން ޕޮޒިޓިވް ވި ދަރިވަރާއި އެއްކުލާހެއްގައި ކިޔަވަމުން އަންނަ އެ ދަރިވަރާއި ކޮންޓެކްޓްވި އެހެން ދަރިވަރެކެވެ. މިއީ ދެއްވަދޫ ކްލަސްޓާއާއި ގުޅުން ހުރި ކޭސް އެއް ކަމަށާއި އެ ދަރިވަރުގެ ޓެސްޓް ހަދާފައިވަނީ ދެއްވަދޫ މީހަކާ ކޮންޓެކްޓް ވުމާއި ގުޅިގެން އާއިލާއިން އަމިއްލަ އަށް ކަމަށް މައުލޫމާތު ލިބެއެވެ.

އިއްޔެ ފުރަތަމަ ދަރިވަރު ޕޮޒިޓިވްވި ކަން އެނގުމާއެކު ސްކޫލުން ވަނީ ބެލެނިވެރިންނަށް އެކަން އަންގައި ދަރިވަރުން ބަލައި ސްކޫލަށް އަންނަން އަންގާފައެވެ. އަދި އެސްކޫލް ގެ ކިޔެވުން ވަނީ ބަންދުކޮށްފައެވެ.

ކޮވިޑް ކޭސް އާއި ގުޅިގެން ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވެފައިވަނީ ގްރޭޑު 12ގެ އެ ކްލާހުގައި 14 ކުދިން ހިމެނުނަސް، ކްލާސްތައް ގެންގޮސްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީއިން އަންގާފައިވާ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށެވެ.

ގއ. އަތޮޅުގައި ކޮވިޑް ވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު އެއަތޮޅު ދެއްވަދޫ އާއި ދާންދޫ އަދި ވިލިނގިލި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި ދާންދޫ ސްކޫލާއި ވިލިނގިލީ ސްކޫލް ވަނީ ބަންދުކޮށްފައެވެ.