English Edition
Dhivehi Edition

އިދިކޮޅު ޕީޕީއެމް އިން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާ ރޫޅާލަން ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ތެރޭގައި ޗެނަލް13 ގެ ނޫސްވެރިއަކަށް އަނިޔާވެއްޖެއެވެ.

‘އޭއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާ ގޮތުން ފުލުހުން ބާރުގެ ބޭނުންކުރި ވަގުތު ޗެނަލް-13ގެ ސީއޯއޯ މުހައްމަދު ސަމާހްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު ފުލުހުން ޕެޕަސްޕްރޭ ޖެހުމުން އިތުރު ނޫސްވެރިންނަށް ވެސް ވަނީ އަނިޔާވެފައެވެ. އަނިޔާވި ނޫސްވެރިންނަށް ފަރުވާދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އަދި އެމީހުންނަށް ލިބުނު އަނިޔާގެ މާ ބޮޑު ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ފިޔަވަތީގައި ހިނގަމުންދާ ކަންތައްތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދާ މުޒާހަރާ ފެށުމާއިއެކު ފުލުހުން ވަނީ މުޒާހަރާއަށް ހުރަސް އަޅާފައެވެ. އަދި ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނައިރު، އަދިވެސް މުޒަހާރާ ރޫޅާލެވޭ ގޮތް ވަނީ ނުވެފައެވެ.