މޮނީޓަރިން ގެ ހާލަތުގައި ތިބި ރަށްތައް ފާހަގަކޮށް އެރަށްތަކުގައި ތިބި އެހީތެރިކަން ބޭނުންވާ އާއިލާތަކަށް ކެޔާރ ޕެކޭޖް ފޮނުވުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށައިފިއެވެ.
ޖެންޑާ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ގއ. ދެއްވަދޫ ގައި ކޮވިޑް-19 ފެތުރި އެ އަތޮޅާއި ލ. އަތޮޅުގެ ބައެއް ރަށްރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފައި ވާތީ, އެރަށްތަކުގައި އުޅޭ މީހުންގެ ހާލަތު ބަލައި ކެއާ ޕެކޭޖްތައް ފޮނުވަން ފަށާފައިވާ ކަމަށެވެ.
ގއ.އަދި ލ.އަތޮޅުގެ ބައެއް ރަށްތައް މޮނިޓަރިންގ ގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށްރަށުގެ ނާޒުކު ޙާލަތް ތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ގުަޅައި ކެއަރ ޕެކޭޖަސް ފޮނުވުމުގެ މަސައްކަތް ވަނީ ފެށިފައި
— Ministry of Gender, Family and Social Services (@MoGFSSmv) January 15, 2021
ގއ. ދެއްވަދޫގެ އިތުރުން އެ އަތޮޅު ދާންދޫ، ވިލިނގިލި، ލ. ގަން އަދި ފޮނަދޫގައި ނުރައްކާތެރި ކޮވިޑް ފެތުރެމުން ދާތީ އެރަށްތައް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. މި ރަށްތަކުން 53 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެ ތެރެއިން 43ފޮޓޯ މީހުންނަކީ ދެއްވަދޫ މީހުންނެވެ. ފޮނަދޫ އިން ހަތަރު މީހަކު ޕޮޒިޓިވް ވެފައިވާ އިރު ދާންދޫ އިން ދެ މީހަކާއި ވިލިނގިލިން އެކަކު ވަނީ ޕޮޒިޓިވް ވެފައެވެ.
ޖެންޑާ މިނިސްޓްރީގެ އިތުރުން ގއ. އަތޮޅުގެ އެކި ރަށްރަށުން އަންނަނީ، މޮނިޓަރިންގ ގައިވާ ރަށްރަށަށް އެހީ ފޯރުކޮށްދެމުންނެވެ. ކޮވިޑް އެންމެ ބޮޑަށް ފެތުރުނު ދެއްވަދޫގައި ކޮވިޑްގެ ސަބަބުން ސިއްހީ ހިދުމަތާއި ވިޔަފާރިތަކަށް ވެސް ބުރޫ އެރުމުން ރަށްރަށުން ކާބޯތަކެއްޗާއި ފެން ފަދަ އެކި ސާމާނު އަންނަނީ ފޮނުވަމުންނެވެ.
މި ކްލަސްޓާއާ ގުޅިގެން މިހާތަނަށް 750 ސާމްޕަލް ޓެސްޓު ކޮށްފައިވެ އެވެ. އަދި 250 އަށް ވުރެ ގިނަ ކޮންޓެކްޓް ފާހަގަކުރެވިފައިވާ އިރު އޭގެ ތެރޭގައި ހައި ރިސްކު 101 މީހުން ހިމެނެ އެވެ.