English Edition
Dhivehi Edition

ގދ. މަޑަވެލީގައި ހިނގި ހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާއަށް ޖެންޑާ މިނިސްޓްރީން ހިމާޔަތް ދީފިއެވެ.

ގދ. މަޑަވެލީގައި ފިރިހަނަކު، އަންހެނަކަށް އަނިޔާކޮށް މަގުމައްޗަށް ނެރެ ބިންމަތީގައި ދަމާ ކޫއްތާ ގެންދިޔަ މައްސަލައާއި ގުޅިގެން އުމުރުން 33 އަހަރުގެ ފިރިހަނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ،

ޖެންޑާ މިނިސްޓްރީގެ ފަރާތުން ވެސް މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު އެ މައްސަލަ މިނިސްޓްރީންވެސް އަންނަނީ ބަލަމުންނެވެ. އަދި މި ހާދިސާގައި އަނިޔާ ލިބުނު އަންހެންމީހާއަށް ނަފްސާނީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު މިނިސްޓްރީން ބުނީ އެ މައްސަލައިގައި އަނިޔާ ލިބިފައިވަނީ ކުޑަކުއްޖަކަށް ނޫންކަމަށެވެ.

ގިނަ ބައެއްގެ ތެރޭގައި ފިރިހަނަކު މިފަދަ ގޮތަކަށް އަންހެނަކަށް އަނިޔާކޮށްފައިވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ އެ ފިރިހެންމީހާއަށް ހައްގު އަދަބު ދިނުމަށް ގޮވާލާފައެވެ.