English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ކައުންސިލް

އައްޑޫ ސިޓީ ކައުންސިލްގެ، އައްޑޫ ރައްޔިތުންގެ ޓްރަސްޓްފަންޑް ހިމެނޭ ގޮތަށް މިއަހަރުގެ އައްޑޫ ސިޓީ އިދާރާގެ ޖުމްލަ ބަޖެޓުގެ ގޮތުގައި 136,554,544.00 ރުފިޔާ އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

ކައުންސިލުން ބުނީ 2021 ވަނަ އަހަރުގެ ކައުންސިލްގެ ބަޖެޓް, 7 ޖަނަވަރީ 2021 ގައި ފާސްކުރެވި އެ ބަޖެޓް މި މަހުގެ 14 ވަނަ ދުވަހު މޭޔަރ އަބްދުﷲ ސޯދިގު އެޕްރޫވް ކުރައްވާފައިވާ ކަމަށެވެ. ސިޓީ ކައުންސިލުން ބުނީ މިއަހަރުގެ ބަޖެޓަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ގާނޫނުގެ 96 ވަނަ މާއްދާ ބަޔާން ކުރެވިފައިވާ ގޮތަށް ތައްޔާރު ކުރެވިފައިވާ ތިލަފަތް ހަމަ ބަޖެޓެއް ކަމަށެވެ.

މި ބަޖެޓްގެ ރިކޮމެންޑޭޝަންގެ ގޮތުގައި މުވައްޒަފުންނަށް ދެމުންދާ “ސްޕެޝަލް ޑިއުޓީ އެލަވަންސް” ދިނުމުގެ ބަދަލުގައި މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމާއި، ދައުލަތުން ދޫކުރާ ގްރާންޓުގެ ގޮތުގައި ކައުންސިލަށް ލިބޭ އަދަދުގެ 5 ޕަސެންޓު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އަށް ދިނުމަށްވެސް ބަޖެޓުގައި ވަނީ ހިމަނާފައެވެ.

No photo description available.