English Edition
Dhivehi Edition

މިދިޔަ ހޮނިހިރު ދުވަހު ގއ. އަތޮޅުގައި ދަތުރުކުރާ އަތޮޅުފެރީ “ކޮއިމަލާ 4” އިން ދަތުރުކުރުކޮށްފައިވާ ފަރާތްތައް ކަރަންޓީން ވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

“ކޮއިމަލާ 4″އަކީ ގއ. އަތޮޅުގައި އަތޮޅު ފެރީގެ ޚިދުމަތް ދެމުންދާ ފެރީއެކެވެ. އެފެރީން ދަތުރު ކުރާ މީހުން ސިއްޙީ ޚިދުމަތްދޭ ތަންތަނަށް އެންގުމަށް އެޗް.ޕީ.އޭއިން އެދިފައި މިވަނީ ގއ. ދެއްވަދޫގައި އުފެދިފައިވާ ކޯވިޑް-19 ކޮލަސްޓަރއާ ގުޅުން ހުރި ބަޔަކު އެފެރީން ދަތުރުކޮށްފައިވާތީއެވެ.

އެޗްޕީއޭއިން އަންގާފައިވަނީ އެދުވަހު ފެރީން ދަތުރުކުރި ފަރާތްތައް ވީ އެންމެ އަވަހަކަށް އެރަށެއްގެ ސިއްޙީ ހިދުމަތްދޭ ތަނަކަށް އަންގައިދިނުމަށާއި އަދި 23 ޖަނަވަރީ ވަންދެން ކަރަންޓީނުވެ ތިބުމަށެވެ.

އެޗްޕީއޭއިން މިގޮތަށް އަންގާފައި ވަނީ، ގއ އަތޮޅުގެ ބައެއް ރަށްތަކުގައި ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެންނެވެ. އެގޮތުން އެ އަތޮޅުގެ ދެއްވަދޫން 39 މީހަކު ފައްސި ވެފައިވާއިރު އެއަތޮޅު ވެރިކަންކުރާ ރަށް ވިލިނގިލިން އެކަކު ފައްސިވެ ، ދާންދޫން ތިން މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 14,277 އަށް ވަނީ އަރާފައެވެ