English Edition
Dhivehi Edition

ގއ.ދާންދޫއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި ކުޑަ ކުއްޖާ އިތުރު ފަރުވާއަށް ގއ.ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފިއެވެ .

ގއ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ޝަރީފް އަހްމަދު “އޭއޯ ނިއުސް ” އަށް މައުލުމާތު ދެއްވަމުން ވިދާޅުވީ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައިވަނީ 1 އަހަރުގެ ކުޑަ ކުއްޖެއް ކަމަށާއި އެނާ ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައިވަނީ ނެވާލާން އުދަގޫވެގެން ކަމަށެވެ.

ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި މިވަގުތު ޖުމްލަ 7 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އެއީ ކުޑަ ކުއްޖާގެ އިތުރުން؛ ބިދޭސީ މީހާއާއި އަދި ގއ. ދެއްވަދޫން ޕޮޒިޓިވްވި ދެ މީހަކާއި ދާންދު އިން ޕޮޒިޓިވްވި ދެ މީހެކެވެ.

ގއ. އަތޮޅުގެ ބައެއް ރަށް ރަށުގައި ހަލުވި ކަމާއެކު ކޮވިޑް 19 ފެތެރެމުންދާއިރު ގއ.ދާންދޫ ؛ދެންވަދޫ އަދި ވެސްވަނީ މޯނީޓަރިން ހާލަތުގައެވެ . އަދި ގއ.ވިލިނގިލީ މޮނީޓަރިން ހާލަތު ވަނީ މިއަދު ހަވީރު ވަގުތެއްގައި އުވާލާފައެވެ،