English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސިންގަޕޫރުގައި ބޭސްފަރުވާ ކުރަން ދިން 10 ދުވަހުގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ގާސިމް އިބްރާހީމްގެ އާއިލާ އަށް އަންގައިފިއެވެ.

ގާސިމް އިބްރާހީމްގެ ބޭސްފަރުވާ އަށް ތިން މަސް ދުވަސް ވަންދެން ސިންގަޕޫރުގައި މަޑުކުރުމުގެ ހުއްދަ ދިނުމަށް އާއިލާގެ ފަރާތުން ދަރިކަލުން މުހައްމަދު ޔަގްސާން ގާސިމް ސޮއިކުރައްވައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ.ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ފޮނުވި ސިޓީގައި ވަނީ ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގައި ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށެވެ.

ގާސިމް ބެއްލެވި ޑޮކްޓަރު މައިކަލް ލިމް ޗުން ލެންގް ސޮއި ކުރައްވައި ދެއްވި ލިޔުމުގައި ބުނެފައި ބުނެފައިވަނީ، ގާސިމްގެ ހިތަށް ލޭ ފޮނުވާ މައި ނާރުތަކަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި އެ ބައްޔަށް ފަރުވާ ކުރުމަށްޓަކައި ތިން މަސް ދުވަހު ސިންގަޕޫރުގައި މަޑުކުރުމަށް ޑޮކްޓަރު ވަނީ ލަފާ ދީފަ އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ސިންގަޕޫރަށް ފުރާވަޑައިގަތް ގާސިމް އިބްރާހީމްއަށް ރާއްޖެ އިން ބޭރުގައި ފަރުވާ ހޯދަން ދިން 10 ދުވަހުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހު ހަމަވާނެ އެވެ.