English Edition
Dhivehi Edition
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ފޮޓޯއާއި މަޢުލޫމާތު ސޯޝަލް މީޑިއާގައި އާއްމުކޮށް، ބިރުދެއްކުމާއި އިންޒާރުދިނުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އެ ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަނަލް ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނީ ފަހަކަށް އައިސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ މައުލޫމާތާއި ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކުރަމުންދަ ކަަމށާއި އަދި އެ ފަރާތްތަކުގެ،ސައްހަ ނޫން ތުހުމަތުތަކާއެކު ބަދުނާމުކުރާ ފަދަ އިބާރާތްތައް ބޭނުންކޮށް، ބިރުދައްކައި އިންޒާރުދެމުންދާ ކަމަށެވެ.

މި ބަޔާނުގައިވަނީ ސައްހަ ނޫން މިފަދަ މައުލޫމާތު ފެތުރުމުގެ ސަބަބުން އޮފިސަރުންނާއި މުވައްޒަފުންގެ ގާނޫނީ މަސްއޫލިއްޔަތާއި، ވާޖިބުތައް އަދާކުރުމުގެގޮތުން ކުރާ މަސައްކަތާމެދު އާއްމުންގެ މެދުގައި ނަފްރަތު ފެތުރެމުން ދާ ކަން ފާހަގަކޮށްފައެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން ކަރެކްޝަންގެ އޮފިސަރުންނާއި މުވައްޒަފުންނަށް ނުރައްކާތެރިކަން އިޚްސާސްކުރެވޭ ކަމަށް މި ބަޔާނުގައިވަނީ ބުނެފައެވެ.

އެހެންކަމުން މިފަދަ ޢަމަލުތައް ނުކުރުމަށާއި، މިފަދަ ޢަމަލުތައް ތަކުރާރުވަމުންދާނަމަ އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެކަމަށް ކަރެކްޝަނަލް އިން ވަނީ ބުނެފައެވެ/