އައްޑޫ އިން ފެންނަން އޮތީ ރައީސް ޔާމީންގެ ތަރައްގީ ކަމަށާއި އެމްޑީޕީގެ ހަމައެކަނި ރަމްޒަކީ ވީރާނާކުރުމާއި އައްޑޫ ފްލައިން ސްކޫލު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅު ވެއްޖެ އެވެ.
ޓްވީޓާ މެދުވެރިކޮށް މިއަދު ޖަމީލު ވިދާޅުވީ، އެމްޑީޕީގެ އިސް މަގާމެއް ނުވަތަ ރައްޔިތުން މަޖިލީހުގެ މަގާމެއްވެސް އައްޑޫ ރައްޔިތަކަށް ނޫނީ އާންމު މީހަކަށް ދޫ ނުކުރާ ކަމަށެވެ.
“ކޮންމެ އިންތިޚާބަކަށް އެމްޑީޕީން ޖަހަނީ އެއް ލަވައެއް، އެކަމަކު މިދިޔަ 2 އަހަރު ޤަޢުމުވީ ފަޤީރު. ވެރިކަމާއި މަޖިލިސް ލިބުނަސް ރާއްޖެއަށް، ޚާއްޞަކޮށް އައްޑޫއަށް އެންމެ ލާރިއެއްވެސް ނުލިބުނު. ވަޒީފާ ނުވަތަ ޕާޓީ މަޤާމެއް ނުދިން، އެކަމަކު ރައީސް ގެ އާއިލާއަށް ހުރިހާ މަޤާމެއް ” ޖަމީލް ގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
… ޕާޓީގެ ބޮޑުން، މަޖިލީހުގެ އެންމެ މަޤާމެއްވެސް އައްޑޫ ރައްޔިތަކަށް ނޫނީ އާންމު މީހަކަށް ދުލެއްނުކުރި. އައްޑޫ އިން ފެންނަން އޮތީ ރައީސް ޔާމީންގެ ތަރައްޤީ. އެމްޑީޕީގެ ހަމައެކަނި ރަމްޒަކީ ވީރާނާކުރުމާއި ފްލައިން ސްކޫލް. 2/2 pic.twitter.com/1jR9zCbPHZ
— Mohamed Jameel Ahmed (@MJameelAhmed) January 12, 2021
މި ޓުވީޓަށް ޖަވާބު ދެމުން ބައެއް މީހުން ޖަމީލްގެ ވާހަކަ އަށް ތާއީދު ކޮށްފައިވާ އިރު އަނެއް ބަޔަކު ބުނެފައިވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި އައްޑޫއަށް ގެނައި ތަރައްގީ އަކީ ކޮބައިކަން ބުނެދިނުން ވެސް އެދޭ ކަމަށެވެ.