English Edition
Dhivehi Edition
ރައީސް ޔާމީން އާއި ޖަމީލު

ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފެއްދުމަށް ހުށަހެޅި 3000 ފޯމުގެ ތެރެއިން ސައްހަވީ 1976 ފޯމު ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ޕީއެންއެފް ހުށަހެޅުމަށް 3,370 ފޯމް އެ އިދާރައަށް ހުށަހެޅި ކަމަށެވެ. އަދި އެ ހުރިހާ ފޯމްތަކެއް އީސީން ކަށަވަރުކޮށް ނިމިފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ. މި ގޮތުން އެ ފޯމްތަކުގެ ތެރެއިން 1,313 ފޯމް ފުރިހަމަ ކުރުމަށް އިތުރަށް ފުރުސަތު ދީފައިވާ އިރު އީސީ އިން ވަނީ 81 ފޯމް ރިޖެކްޓުކޮށްފައެވެ.

މީގެ އިތުރުން ހަބީބު ވިދާޅުވީ މައްސަލަ ޖެހުނު ފޯމްތަކުގައި ހުރިހާ ތާރީހުގެ މައްސަލަ ކަހަލަ ކުދި އަދި އިދާރީ މައްސަލަތައް ކަމަށެވެ. އެ މައްސަލަތައް ހައްލުކޮށް ފޯމު ހުށަހެޅުމުން ބަލައިގަންނާނެކަމަށް ހަބީބު ވިދާޅުވިއެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީން ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ. އެ މަސައްކަތުގައި އިސްކޮށް އުޅުއްވައި ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލުއެވެ. ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދި މި ޕާޓީއަށް މެންބަރުން ހަމަކުރުމުގެ މަސައްކަތް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައެވެ.