English Edition
Dhivehi Edition

އެމްއެންޑީއެފް ގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ކޮވިޑަށް ޕޮސިޓިވް ވެއްޖެއެވެ. އެމް އެންޑީއެފުން މަޢުލޫމާތު ދެއްވާގޮތުގއި ޝަމާލް ޕޮޒިޓިވް ވި ކަން އެނގުނީ ކޮވިޑް 19 ގެ އަލާމާތްތަކެއް ހުރެގެން އިއްޔެ ހެދި ޓެސްޓުން ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.

ޝަމާލް މިހާރު ހުންނެވީ އަމިއްލަފުޅު ގޭގައި އެކަހެރިވެވަޑައިގެންނެވެ.މިކަމާ ގުޅިގެން ކަރަންޓީން ކުރަންޖެހޭ ފަރާތްތައް މިހާރު ކަރަންޓީން ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފް ގެ ސްޕޯކްސް ޕާސަން މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ މޭޖަރ ޖެނެރަލް ޢަމްދުﷲ ޝަމާލު ފަހުގެ ތާރީޚެއްގައި ޢާއްމުން އެއްވެ އުޅޭ އެއްވެސް ތަނަކަށް ވަޑައިގެންފައި ނުވާ ކަމަށާއި އަދި ޤައުމުން ބޭރަށް ވެސް ވަޑައިގެންފައި ނުވާކަމަށެވެ.