English Edition
Dhivehi Edition

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ސަރަހައްދީ ކޮމިޓީގެ 70 ވަނަ ބައްދަލުވުން ނިންމާލައިފިއެވެ.

މި މަހުގެ 6 ކުން 10އަކަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގަ ކުރިއަށް ދިޔަ މި ބައްދަލުވުމުގައި މި ސަރަޙައްދުގެ އެގާރަ ޤައުމަކުން ބައިވެރިވެފައިވާއިރު، މި ބައްދަލުވުމުގައި ވަނީ ސިއްހީ ދާއިރާއިން ގިނަ ކަންތަކާމެދު މަޝްވަރާކޮށް މުހިއްމު ނިންމުންތަކެއް ވަނީ ނިންމާފައެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ޞަރަހައްދީ ބަޖެޓް ކަނޑައެޅުމާމެދު ވަނީ މަޝްވަރާކޮށްފައިވެއެވެ. އަދި ސިއްހީ ދާއިރާއިން އިތުރަށް ރަނގަޅު ކުރަން ހުރި ކަންތައްތަކާއި ގުޅޭގޮތުން މުހިއްމު ނިންމުންތަކެއް ވަނީ ނިންމާފައެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއިއެކު ސިއްޙީދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާއިބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ދެހާސް ތިރީސް ވަނަ އަހަރު އަންނަންވާއިރު މި ސަރަހައްދުގެ ޤައުމުތަކުން ޓީބީ އަދި ހެޕެޓައިޓިސް ނައްތާލުމާއި، ބަލި ފަތުރާ ސޫފާސޫފި ކޮންޓްރޯލްކުރުމާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުންނާއި، އެންޓި މައިކްރޯބިއަލް ރެސިސްޓެންޓް އަދި ފަސޭހައިން ޞިއްޙީ ފަރުވާ އަށް ބޭނުންވާ ބޭސް ލިބޭނެ ނިޒާމެއް ޤާއިމްކުރުމާ މެދު ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ޑަބްލިއު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގް ވިދާޅުވީ ރާއްޖޭގައި ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބުކަމަށެވެ.

2018 ވަނަ އަހަރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ނިއުދިއްލީގައެވެ