English Edition
Dhivehi Edition

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އެޕްރީލް މަހުގެ 03 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

ކޮވިޑް19ގެ ސަބަބުން ސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހަށް ތާވަލު ކުރަން އެ ކޮމިޝަނުން މިއަދު ނިންމާ، އެކަން ހާމަކުރެއްވީ އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

މިދިޔަ އަހަރު އެޕްރީލްމަހު ބާއްވަން ނިންމި އިންތިހާބު، ކޮވިޑް19 ގެ ސަބަބުން ފަސްކުރުމަށްފަހު މި އަހަރުގެ މާޗް މަހު އިންތިހާބު ބޭއްވުމަށް އީސީ އިން ނިންމި ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު ވަނީ އަންނަ މަހުގެ 03 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ. އެހެންކަމުން މި ހާލަތުގައި އިންތިހާބު ބޭއްވެނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންކަމުގައިވާއިރު އީސީ އިން ވަނީ އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށް، ގާނޫނަށް ގެންނަ ބޭނުންވާ އިސްލާހުތައް އިލެކްޝަންސް ކޮމިޝަނުން މަޖިލީހާ ހިއްސާކުރުމަށް ތައްޔާރުވެފައެވެ.