English Edition
Dhivehi Edition

ބްރޯޑްކޮމްގެ ސާކިއުލާއަކީ ގާނޫނީ އެއްވެސް ބިންގަލެއް ނެތި ސިޔާސީ ބޭނުމަކަށް ވަކި ފަރާތަކަށް މަންފާ ހޯދައިދިނުމުގެ މަގްސަދުގައި ނެރެފައިވާ ސަރކިއުލަރއެއް ކަމަށް ރާއްޖެ ޓީވީން ބުނެފިއެވެ

ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންގެ ‘ޕްރޮމޯޓް’ ކުރާ މީޑިޔާތަކުގެ، ޒިންމާވާން ޖެހޭ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ހޯމް މިނިސްޓްރީން ދިނުމާއި ގުޅިގެން ރާއްޖެ ޓީވީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ އިންޒާރަކީ، ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބިފައިވާ ގާނޫނީ ބާރު ނާޖާއިޒު ގޮތުގައި ހިފައި، ބްރޯޑްކާސްޓަރުންނަށް ބިރު ދައްކާ، މީޑިއާގެ މިނިވަން ކަމަށާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގައް އަރައިގަތުމަށް ނެރެފައިވާ އިންޒާރެއްކަމުގައި ދެކޭ ކަމަށެވެ

މީގެ އިތުރުންރާއްޖެ ޓީވީގެ ބަޔާނުގައި ބުނެފައިވަނީ ޝަރުޢީ ޙުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންގެ އިންޓަރވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް އަންގައި ނެރުނު ސަކިއުލަރ ބާތިލް ކުރަން ކޯޓަށް ހުށަހަޅާނެކަމަށެވެ