English Edition
Dhivehi Edition

މިއަހަރު ރަމަޟާންމަހަށް ހާއްސަކޮށް ރާއްޖެ ޓީވީން ގެނެސްދޭން ނިންމާފައިވާ ސިލެބްރިޓީ ރޭހުގައި ބައިވެރިވާ ފަންނާނުންގެ ނަންތައް ހާމަކޮށް، އެ ފަންނާނުންނާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

”ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް“ ގެ ނަމުގައި ރާއްޖެޓީވީން ގެނެސްދޭން ނިންމާފައިވާ މި ޝޯގައި ރާއްޖޭގެ މަޝްހޫރު 8 ފިލްމީ ތަރިން ބައިވެރިވާނެ ކަމަށް ރާއްޖެ އެމްވީ އިން ބުނެފިއެވެ. މިޝޯގައި ބައިވެރިވާ ފަންނާނުންނަކީ މުހައްމަދު މަނިކު، އިސްމާއީލް ޖުމައިހް (ޖުމާ)، ސަރާ، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އީސާ (އާނަންދު)، ޖާދުﷲ އިސްމާޢީލް (ޖާދު)، މަރްޔަމް ޝިފާ އަދި އައިމިނަތު ރަޝްފާ (އާޝާ) އެވެ.

ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސްގައި ބައިވެރިވާ ތަރި އާޝާ – ފޮޓޯ: ރާއްޖެއެމްވީ
ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސްގައި ބައިވެރިވާ ތަރި ޝެރާ : ފޮޓޯ ރާއްޖެ އެމްވީ

މި ތަރިންނާއިއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖެޓީވީގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެ ޓީވީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒްމީ ސައީދެވެ. އަދި ޝޯވ ހުށަހަޅައިދޭ ފަންނާނާއެކު ވެސް ވަނީ އެއްބަސްވުމެއް އެކުލަވާލެވިފައެވެ.

ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސްގެ ހޯސްޓު އަލީ ސީޒަން: ފޮޓޯ ރާއްޖެ އެމްވީ

މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވޭނެ އެންމެ ބޮޑު ރިއަލިޓީ ޝޯއެވެ. މިޝޯވގެ ހޯސްޓަކީ ރާއްޖޭގެ ފިލްމީ އުދަރެހުގައި މިހާރު ފިޔަ ޖަހަމުން އަންނަ ތަރިއެއް ކަމަށްވާ އަލީ ސީޒަން އާއި ރާއްޖެ ޓީވީގެ ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރް ސަލީމެވެ.