އައްޑޫ ސިޓީ ހުޅުދޫ-މީދޫގައި ނަރުދަމާގެ ނިޒާމުގެ ހިދުމަތަށް އެދުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ ކުރިން ކޮށްފައިވާ އިޢުލާނުގެ މުއްދަތު ހަމަވިއިރުވެސް ބައެއް ގޭބިސީތަކަށް ފޯމް ހުށަހެޅިފައިނުވާތީ އެ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށް ނިންމަވާފައިވާކަމަށެވެ. މިއަދުން ފެށިގެން ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް އައްޑޫސިޓީ ހުޅުމީދޫ ސެކްޝަން / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހިދުމަތައް އެދޭ ފޯމު ދޫކުރުމަށް ހަމަޖެހިފައިވާ އިރު ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ 31 އޮކްޓޯބަރ 2017 ގައި ރަސްމީ ގަޑި ނިމުމުގެ ކުރިންނެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ސްރީލަންކާގެ ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލުކުރައްވާފައިވާ، އައްޑޫސިޓީ ހުޅުދޫ-މީދޫގައި ނަރުދަމާގެ ނިޒާމްގެ ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އައްޑޫގެ އިތުރު 3 ރަށެއްގެ މަސައްކަތް މި މަހުގައި ފެށިގެންދާނެއެވެ.