English Edition
Dhivehi Edition

އައްޑޫސިޓީ މަރަދޫ-ފޭދޫ ނަރުދަމާ މަސައްކަތް މިއަންނަ އަހަރު ޖެނުއަރީ މަހަށް ނިންމާލެވެނޭ ކަމަށް ލަފާ ކުރެވޭ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިމަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށާއި، މި މަޝްރޫއު އެއްކޮށް މިއަންނަ އަހަރު ޖެނުއަރީ މަހު ނިންމުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. މި ގޮތުން މިމަސައްކަތަށް ބޭނުންވާ ޖެޓިންގް މެޝިން ޓެސްޓުކޮށް ނިމި އައްޑޫއަށް ގެނައުމަށް ތައްޔާރުވެފައިވާ ކަން ފާހަގަކޮށް އެމްޓީސީސީ އިން ބުނީ ސެޕްޓެމްބަރ މަހުގެ ދެވަނަ ހަފުތާގެ ތެރޭގައި މި މަޝްރޫޢުގެ ޕާޝަލް ކޮމިޝަން ކުރުމުގެ މަސައްކަތް ކުރުމަށް ތާވަލުކުރެވިފައިވާކަމަށެވެ. އިތުރަށް އެ ކުންފުނިން ބުނީ މި ވަގުތު ކުރިއަށްދަނީ މި މަޝްރޫއުގެ އައުޓްފޯލް ރެކްޓިފިކޭޝަން މަސައްކަތް ކަމަށެވެ،

SunOnline: Feydoo, Maradoo-Feydoo, Maradoo narudhmaage masskay bayakaa havaalukoh masskai fattaifi

އައްޑޫގެ ފަސް ރަށެއްގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ 2017 ވަނަ އަހަރުފެބްރުއަރީ 29 ވަނަ ދުވަހުއެވެ. ރައީސް ޔާމީންގެ ސަރުކާރުން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަސައްކަތް ދިގުލައިގެން ގޮސް މި މަސައްކަތަށް ތިން އަހަރު ވަނީ ހޭދަވެފައެވެ.

މި މަޝްރޫޢުއަކީ ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަނޓް (އޮފިޑް) ލޯންއެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ ދިވެހި 130,650,218.90 ރުފިޔާއެވެ. މި މަޝްރޫޢުގެ ދަށުން 38 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމުކުރެވޭނެއެވެ. އަދި 3387 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބެހެއްޓޭނެއެވެ. މި މަޝްރޫޢު ނިމޭއިރު ސ. މަރަދޫ، ސ. މަރަދޫފޭދޫ އާއި ސ. ފޭދޫގައި ނަރުދަމާގެ ޚިދުމަތް ޤާއިމުވެ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބިސީތަކާއި މުއައްސަސާތަކަށް ނަރުދަމާގެ ޚިދުމަތް ގުޅާދެވޭނެއެވެ.