English Edition
Dhivehi Edition

ޝީ ބިލްޑިންގުގައި މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ބޭއްވި ކައިވެނި ޕާޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 78 އަކަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި 120 ވަރަކަށް މީހުން ބައިވެރިކަމަށް ބެލެވޭ އެ ޕާޓީން، ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި އަދަދު 200 އަށް ވުރެ މައްޗަށް އަރާފައިވާކަމަށެވެ.

ކޮވިޑް ބަލީގެ އަލާމާތްތައް ހުރި މީހަކު ޕާޓީގައި ބައިވެރިވިކަން އެނގިގެން އެންމެ ފުރަތަމަ ޓެސްޓުކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެެ. އެ ދުވަހު އެކަކު ބައްޔަށް ޕޮޒިޓިވްވިއިރު، ޖެހިގެން އައި ދުވަހު 12 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

 

ޓެގު