English Edition
Dhivehi Edition

ކޮވިޑު-19 އިން ރައްކާތެރިވުމަށް ރާއްޖެއަށް ބޭނުންވާ ވެކްސިން ހޯދަން ސިންގަޕޫރުގެ ކުންފުންޏަކާއެކު ސޮއިކުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވާ ނެރުނު ގަރާރުގައި ވިދާޅުވީ، މި ވެކްސިން ހޯދަން ސޮއި ކުރަން ނިންމާފައި ވަނީ އެސްޓްރާޒެނެކާ ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ކަމަށެވެ.

ގަރާރުގައި އަމީރު ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށް ވެސް ބޭނުން ޖެހިފައިވާ ވެކްސިނަކަށް ވުމުން ވަކި ބައެއްގެ ފަރާތުން ނޫނީ މި ވަގުތު އެ ލިބެން ނެތް ކަމަށެވެ.އަދި ކޮވިޑުން ދިވެހިން ރައްކާތެރިކުރަން ބޭނުންވާ ވެކްސިން ހޯދަން އެ އެއްބަސްވުމުގައި ސޮއިކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ނިންމާފައިވާކަމަށެވެ.

އެހެންކަމުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 1-1.02 ވަނަ މާއްދާއިން، ލިބިދޭ ބާރުގެ ދަށުން، އެއެއްބަސްވުމުގައި ސޮއިކޮށް ތަންފީޒުކުރުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބަޔާންކޮށްފައިވާ މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

މި ވެކްސިން ބޭނުންކުރަން އިނގިރޭސި ވިލާތުގެ ރަސްމީ އިދާރާތަކުން އިއްޔެ ހުއްދަދީފައިވާއިރު އަންނަ ހޯމަދުވަހު އިނގިރޭސި ވިލާތުގައި މި ވެކްސިން ދޭން ފަށާނެއެވެ.