English Edition
Dhivehi Edition
ABU DHABI, UNITED ARAB EMIRATES - January 13, 2020: HH Sheikh Mohamed bin Zayed Al Nahyan, Crown Prince of Abu Dhabi and Deputy Supreme Commander of the UAE Armed Forces (back 5th L), stands for a photograph with the winners of the Zayed Sustainability Prize for Energy. Seen with (back) HE Paul Kagame, President of Rwanda (L), HE Ana Brnabic, Prime Minister of Serbia (2nd L), HE Sheikh Hasina, Prime Minister of Bangladesh (3rd L), HE Julius Maada Bio, president of Sierra Leone (4th L), HE Joko Widodo, President of Indonesia (6th L), HE Armen Sarkissian, President of Armenia (7th L), HE Danny Faure, President of the Seychelles (8th L), HE Frank Bainimarama, Prime Minister of Fiji (9th L) and HE Dr Sultan Ahmed Al Jaber, UAE Minister of State, Chairman of Masdar and CEO of ADNOC Group (R). ( Hamad Al Kaabi / Ministry of Presidential Affairs ) ---

ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން ކޮންމެ އަހަރަކު ދެމުންދާ ‘ޒައިދް ސަސްޓެއިނަބިލިޓީ ޕްރައިޒް’ގެ 2022 ވަނަ އަހަރުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އިނާމަކީ 2008 ވަނަ އަހަރު ތަޢާރަފުކޮށް ޞިއްޙީ، ކާބޯތަކެތި، ހަކަތަ، ފެން އަދި މަތީ ސާނަވީ މަދަރުސާތައް ދާއިރާއިން، އެ ދާއިރާތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި އެކި ފަރާތްތަކުން ކޮށްފައިވާ އުފެއްދުންތެރި މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެކަންކަން ފާހަގަކުރުމަށް ދެމުންދާ އިނާމެކެވެ.

‘ޒައިދް ސަސްޓެއިނަބިލިޓީ ޕްރައިޒް’ އިން ބުނީ މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު 06 މޭ 2021 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ. ފާއިތުވެދިޔަ 12 އަހަރު 86 ފަރާތަކުން ވަނީ މި އިނާމް ކާމިޔާބުކޮށްފައެވެ. އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ގެ ނަމުގައި ހިންގާ މި ހަރަކާތަކީ ކޮންމެ އަހަރަކު މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް އެއްވުމެވެ. 2019 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވަނީ ‘ޒައިދް ސަސްޓެއިނަބިލިޓީ ޕަރައިޒް” އެވޯޑް ހަފްލާގައި ބައިވެރިވެފައެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު www.zayedsustainabilityprize.com ވެބްސައިޓުން ލިބެން ހުންނާނެއެވެ.