English Edition
Dhivehi Edition

މިޔަންމާގައި ދިރިއުޅެމުން އަންނަ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ބުޑިސްޓުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން އދ.ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުހައްމަދު ގޮވާލައްވައިފިއެވެ.

ސުލްޙައިގެ ސަޤާފަތް ކުރިއެރުވުމުގެ މަޤްޞަދުގައި ބޭއްވި މަތީފެންވަރުގެ ބައްދަލުވުމެއްގައި މިޔަންމާގެ ރަހައިން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓާލާއި އެމީހުންނަކީ އިންސާނުންކަމުގައި ބަލައިގަތުމަށް މިޔަންމާގެ ސަރުކާރަށް ޑރ.އަލީ ނަސީރު ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން އަލީ ނަސީރު ވިދާޅުވީ ދުނިޔޭގެ ސުލްޙަ ޤާއިމުކުރެވޭނީ ޤައުމުތަކުގެ ސިޔާސަތުތައް ބަދަލުކޮށްގެން ކަމަށާއި ސުލްޙަ ޤާއިކުރުމަށް އެއްބަޔަކު އަނެއްބައެއްގެ ޚިޔާލު ތަފާތުވުންތަކާއި، އިޙްތިރާމާއެކު ބަލައިގަންނަންޖެހޭކަމަށެވެ. އަދި މިކަން ކާމިޔާބު ކުރުމަށްޓަކައި ހަރުކަށި ވިސްނުންތަކާއި ޓެރަރިޒަމް ނައްތާލައި، މެދުމިނުގެ ސިޔާސަތުތަކަށް ތަބާވާންޖެހޭކަމަށް އަލީ ނަސީރުވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި އަލީ ނަސީރު ވަނީ ޓެރަރިޒަމާ ހައްދުފަހަނައަޅައިދިއުން ނައްތާލުމަށްޓަކައި ދިވެހިސަރުކާރުން ކުރަމުންގެންދާ މަސައްކަތް އދ.ގެ މެމްބަރު ޤައުމުތަކާ ހިއްސާ ކުރައްވާފައެވެ.

ޓެގު