English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ ދަނޑުވެރިކަންކުރާ ސަރަހައްދުގައި ޖަހާފައި ކެޔޮފީނިތަކަށް ގެއްލުން ދީ ހަލާކުކޮށްލައިފިއެވެ.

‘އޭއޯ’ އަށް މައުލޫމާތު ލިބުނު ގޮތުގައި ހަލާކުކޮށްލާފައިވަނީ މީދޫ ސްޓޭޑިއަމް އާއި ދިމާލަށް އުތުރު ފަރާތުގައި ހައްދާފައިވާ ކެޔޮ ގަސްތަކަށެވެ. މި ދަނޑުގެ ވެރިފަރާތުން އޭއޯ އަށް މައުލޫމާތު ދެމުން ބުނީ ހަލާކުކޮށް ކޮށާ ކުދިކުދިކޮށްލާފައިވަނީ ހަމައެކަނި ކެޔޮފީނިތައް އެކަނި ކަމަށާއި ދަނޑުގައި ހައްދާފައިވާ އެހެން ގަހަކަށް ގެއްލުންދީފައިނުވާނެކަމަށެވެ. ގާތްގަޑަކަށް ފަންސާހަށްވުރެ ގިނަ ކެޔޮ ގަސްތައް ކޮށާކުދުކުދިކޮށްލާފައިވާއިރު އެ ފަރާތުން ބުނީ ލަފާކުރެވޭ ގޮތުގައި މިކަން ކޮށްފައިވަނީ ރޭ 11:30 ގެ ފަހުންނެވެ. މީގެ އިތުރުން އެ ފަރާޓުން ބުނީ މިކަމަށް އެއްވެސް މީހަކަށް ތުހުމަތުނުކުރެވޭ ކަމަށާއި އޭނާއަކީ އެއްވެސް ފަރާތަކީ ދެބަސްވެ ޒުވާބުކޮށްފައިވާ މީހެއް ނޫންކަމަށެވެ.

No description available.
ފޮޓޯ: އޭއޯ ނިއުސް/ލުބުނާ މަޖީދު މުޙްތާރު

އައްޑޫ ސިޓީ މީދޫ އަކީ ފުޅާ ދާއިރާއެއްގެ ދަނޑުވެރިކަމުގެ މަސައްކަތްކުރާ ރަށަކަށްވީ ހިދު ދޭތެރެ ދޭތެރެއިން މިފަދަ އުދަގޫތައް ދަނޑުވެރިންނަށް އަންނަނީ ކުރިމަތިވަމުންނެވެ. މި ގޮތުން ބައެއް ފަހަރު ދަނޑުގައި ހައްދާތަކެތި ވަގަކަށް ކެޑުމުގެ އިތުރުން ދަނޑަށް ގެއްލުން ދިނުމުގެ ހާދިސާތައްވެސް ހިނގާފައިވެއެވެ.